ކ. މާފުށީ ޖަލުގައި ތިބި ހައި ރިސްކް ގައިދީން ގެއަށް ބަދަލުކުރަން ނިންމައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު އެކަން "ވަން" އަށް ކަށަވަރުކޮށްދިން ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ. އަދި ބަދަލުކުރަނީ ކިތައް ގައިދީން ކަމެއްވެސް ވިދާޅެއް ނުވެއެވެ.
މާފުށީ ޖަލުގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާ އިރު، އެކްޓިވް ކޭސްގެ އަދަދު ވަނީ 95 އަށް އަރައިފައެވެ. އޭގެ ތެރޭގައި 12 ޖަލު އޮފިސަރުން ހިމެނެއެވެ. އަދި 180 ގައިދީއަކާއި ތިން ޖަލު އޮފިސަރެއް ވަނީ ކަރަންޓީނުކޮށްފައެވެ.
މާފުށީ ޖަލުގައި މީގެ ކުރިންވެސް ކޮވިޑް ފެތުރެން ފެށުމުން އެތަނުގައި ތިބޭ ހައި ރިސްކް ބައެއް ގައިދީން ވަގުތީ ގޮތުން ގެއަށް ބަދަލުކުރިއެވެ. އޭގެ ތެރޭގައި އޭރު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް ހިމެނިވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު