ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތު ޝަވްޝޮލޫ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ތުރުކީގެ ފޮރިން މިނިސްޓަރުގެ ދެ ދުވަހުގެ މި ދަތުރަކީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
އެގޮތުން މެވްލޫތު ރާއްޖެ ވަޑައިގަތުމުން، އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު ޝާހިދާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.
މެވްލޫތުގެ މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކުރައްވާނެއެވެ.
އޭގެ އިތުރުން މިނިސްޓަރު ޝާހިދާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށްފަހު، ދެގައުމުގެ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. ނަމަވެސް އެ އެއްބަސްވުންތަކުގެ ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.
ރާއްޖެއާއި ތުރުކީއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ 28 މެއި 1979ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު