މާލެ ހިޔާ ފްލެޓްތަކުގެ ފުރަގަހުގައި ހުންނަ ކުރީގެ ފްލޫ ކްލިނިކުގައި ރޯވެ، ވަރަށް ބޮޑަށް އަނދައިފިއެވެ.
އެމްއެންޑީއެފުން ބުނީ، އެތަނުގައި އަލިފާން ރޯވެގެން އުޅޭ މައުލޫމާތު ލިބުނީ މިއަދު މެންދުރުފަހު 2:47ގައި ކަމަށެވެ. އަދި 3:08 ގައި އަލިފާން އެއްކޮށް ނިއްވާލާފައިވާ ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް، އިމާރާތަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.
ޕީޕީއެމްގެ ޖަގަހައެއް ހިންގި އެ އިމާރާތް ފުލޫ ކުލިނިކަކަށް ބަދަލު ކުރީ، ކޮވިޑުގެ ދެވަނަ ރާޅުގައެވެ. ނަމަވެސް އެތަނަކީ މިހާރު މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑައެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު