ދިވެހިރާއްޖެއިން ބުރުންޑީއަށް ފުރަތަމަ ފަހަރަށް އޮނަރަރީ ކޮންސުލްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.
އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއިން ބުރުންޑީ އަށް އައްޔަންކުރި އޮނަރަރީ ކޮންސުލް މިސްޓަރ "ސިލްވިއޭ ބަންކިންބާގާ" އަށް އެމަގާމު ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއަރޒް އަހުމަދު ހަލީލު އެވެ.
ބުރުންޑީގައި ރާއްޖޭގެ އޮނަރަރީ ކޮންސުލް އައްޔަންކުރެވުމާ ގުޅިގެން ދެގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓާ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖެއާ ބުރުންޑީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގައިމުކުރީ މި ޖެނުއަރީ މަހުގެ 20ގަ އެވެ. 12 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ބުރުންޑީއާ ދިވެހިރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު