ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް މެންބަރުން އިންތިހާބުކުރަން ޖެންޑާ މިނިސްޓްރީން އިއްޔެ ހުޅުވާލައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް ހަތަރު ދާއިރާއަކުން މެންބަރުން އިންތިހާބުކުރާނެއެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއާއި ނަފުސާނީ ބަލިތަކާއިބެހޭ ސިއްހީ ހިދުމަތްތެރިންގެ ދާއިރާއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ދާއިރާގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ދާއިރާއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، އެ އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު މިމަހުގެ 30 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން gender.gov.mv@disability އަށް މެއިލްކުރަން ޖެހޭނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ. އެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 09:00 އިން 15:00 އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު