ކޮވިޑް 19ގެ ސާމްޕަލް އުފުލުމަށް 13 ލޯންޗު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހި ސަރުކާރުން ވޯލްޑް ބޭންކުގެ އެހީގައި ހިންގަމުން އަންނަ ކޮވިޑް 19 އެމަޖަންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމް ޕްރިޕެއާޑްނެސް ޕްރޮޖެކްޓުގެ ދަށުން ސާމްޕަލް ޓްރާންސްފާ ކުރުމަށް 13 ސްޕީޑު ބޯޓު ހޯދުމަށް ބީލަމަށް ހުޅުވާލާފައިވާ ކަމަށެވެ.
ބީލަމުގެ ކަންކަން ކުރިއަށްގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން، ވޯލްޑް ބޭންކް ގައިޑްލައިންސް އައިޑީއޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ތައްޔާރުކޮށްފައިވާ ރެގިއުލޭޝަނާ އެއްގޮތަށް ކަމަށް ފިނޭންސުން ބުނެއެވެ.
މި ބީލަމުގެ ރެޖިސްޓްރީގެ ގޮތުގައި 1500 ރުފިޔާ ދައްކަން ޖެހޭ އިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000 އެމެރިކާ ޑޮލަރު ދައްކަން ޖެހެއެވެ.
ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މާޗު މަހުގެ ދިހަވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު