ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 272 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ އދ. ދަނގެތި ހެލްތު ސެންޓަރުގައި އުމުރުން 50 އަހަރުގެ އަންހެނަކު ރޭ ދަންވަރު 12:24ގައި ކޮވިޑު ޖެހިގެން މަރުވެފައިވާ ކަމަށެވެ.
ދަނގެތީގައި ރޭ މި މަރުވި މީހާއާއެކު ކޮވިޑުގައި މި މަހު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ ނުވަޔަކަށް އަރައިފަ އެވެ.
މިމަރާއެކު ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 272 އަށް އަރައިފަ އެވެ. އެއީ 254 ދިވެހީންނާއި 18 ބިދޭސީންނެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު