ކޮވިޑުގެ ކޭސްތަކެއް ފެނިގެން ގދ. ވާދޫ އާއި ށ. މިލަންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ވާދޫ ކައުންސިލުގެ ރައީސް ހަސަން އަބްދުﷲ "ވަން" އަށް މިއަދު ވިދާޅުވީ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އެރަށުން މިހާތަނަށް ހަ މީހަކު ޕޮޒިޓިވްވެފައިވާ އިރު، އެ އެންމެންނަކީވެސް ރާއްޖެއިން ބޭރުން އައިސް ކަރަންޓީންގައި ތިބި މީހުން ކަމަށް ހަސަން ވިދާޅުވިއެވެ.
މިލަންދޫ ކައުންސިލުގެ ރައީސް އަބްދުﷲ އާތިފް "ވަން" އަށް މިއަދު ވިދާޅުވީ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު މެންދުރުފަހު 2:52 ގައި ކަމަށެވެ. އެރަށުން މިހާތަނަށް 83 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ.
"މިރަށުގައި ކޭސްތައް އިތުރުވެފައި މިވަނީ އުމްރާއަށް ގޮސް އެނބުރި އައި ބަޔަކާއި، މި ދޭތެރެއިން ބަންދުގައި މާލެ ގޮސް އެނބުރި ރަށަށް އައި ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވްވުމުން،" އާތިފް ވިދާޅުވިއެވެ.
ވާދޫ އާއި މިލަންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ އިރު، އިއްޔެވެސް ހަތަރު ރަށެއް މޮނީޓަރިންގެ ހާލަތަށް ލާފައިވެއެވެ. އެއީ ގދ. މަޑަވެއްޔާއި އދ. މަހިބަދޫ އާއި ދ. ކުޑަހުވަދޫގެ އިތުރުން ދ. ހުޅުދެއްޔެވެ. އެއާއެކު ކޮވިޑާ ގުޅިގެން ރާއްޖޭގެ 29 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.
- ކ. މާފުށި
- ހއ. އިހަވަންދޫ
- ހދ. ނޮޅިވަރަންފަރު
- ށ. ފުނަދޫ
- ބ. ދަރަވަންދޫ
- ދ. ބަނޑިދޫ
- ލ. ގަން
- ގދ. ގައްދޫ
- ރ. އުނގޫފާރު
- ހދ. ހަނިމާދޫ
- ކ. ގުރައިދޫ
- ބ. އޭދަފުށި
- ހއ. ދިއްދޫ
- ތ. ގުރައިދޫ
- ބ. ގޮއިދޫ
- ޅ. ކުރެންދޫ
- ކުޅުދުއްފުށި ސިޓީ
- ލ. ދަނބިދޫ
- ލ. ހިތަދޫ
- ށ. ކަނޑިތީމު
- ވ. ކެޔޮދޫ
- ނ. ކުޑަފަރި
- ގދ. ތިނަދޫ
- ގދ. މަޑަވެލި
- އދ. މަހިބަދޫ
- ދ. ކުޑަހުވަދޫ
- ދ. ހުޅުދެލި
- ށ. މިލަންދޫ
- ގދ. ވާދޫ
ޚަބަރު
ޚަބަރު
ޚަބަރު