ވޮޓްފޯޑުގެ ކޯޗުކަމުގެ މަގާމުގައި ހުރި ކްލައުޑިއޯ ރަނިއޭރޯ އެ މަގާމުން ވަކިކޮށްފިއެވެ.
ރަނިއޭރީ ވޮޓްފޯޑުގެ ކޯޗުކަމާ މި ސީޒަނުގެ ތެރެއިން ހަވާލުވެފައިވާ އިރު، އޭނާ މަގާމުން ވަކިކުރީ އެންމެ 14 މެޗަށްފަހުއެވެ. ރަނިއޭރީ މަގާމުން ވަކިކުރީ ހަތަރު މަހަށް ފަހުއެވެ. އުމުރުން 70 އަހަރުގެ އިޓަލީ ކޯޗު ރަނިއޭރީއަށް ވޮޓްފޯޑުގެ ކޯޗުކަމުގައި އިރުޝާދު ދިން 13 ލީގު މެޗުގެ ތެރެއިން ހޯދުނީ ހަތް ޕޮއިންޓެވެ.
ވޮޓްފޯޑުން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. ނޯވިޗް ކައިރީ އަމިއްލަ ދަނޑުގައި ބަލިވި މެޗަކީ ރަނިއޭރީ ވޮޓްފޯޑުގައި ހޭދަކުރި ދުވަސްތަކަށް ބަލާ އިރުވެސް އެންމެ ދަށް ނަތީޖާއެވެ.
މިވަގުތު ނޯވިޗް އޮތީވެސް ޕްރިމިއާ ލީގު ތާވަލުގެ 19 ވަނައިގައެވެ. ލީގުގައި ވޮޓްފޯޑުން އެންމެފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން ބަލިވެފައިވާ އިރު، ރަނިއޭރީގެ އިރުޝާދުގެ ދަށުން ކުޅުނު ޖުމުލަ 14 މެޗުގެ ތެރެއިން 11 މެޗުން ވަނީ ބަލިވެފައެވެ.
ރަނިއޭރީއަކީ ޕްރިމިއާ ލީގުގައިވެސް ކާމިޔާބު ކޯޗެކެވެ. އޭނާ ވަނީ އާދަޔާހިލާފު ސީޒަނެއްގައި ޕްރިމިއާ ލީގުގެ ތަށި ލެސްޓާ ސިޓީއާއެކު ހޯދައިފައެވެ. 2015-16 ވަނަ އަހަރުގެ ސީޒަނުގައި ލެސްޓާއާއެކު ރަނިއޭރީ ޕްރިމިއާ ލީގު ހޯދި އިރު، އޭނާ ވަނީ ކުރިން ޗެލްސީގެ ކޯޗަކަށްވެސް މަސައްކަތްކޮށްފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު