ވެލާ ޕްރައިވެޓް އައިލެންޑުން މިމަހު ސާވިސް ޗާޖުގެ ގޮތުގައި 3،660 ޑޮލަރު (ގާތްގަނޑަކަށް 56،437 ރުފިޔާ) ދޭން ނިންމައިފިއެވެ.
ރިސޯޓް ވޯކާސް ޕޭޖުގައި ބުނެފައިވާ ގޮތުގައި މިމަހު ވެލާގެ ކޮންމެ މުވައްޒަފަކަށް 3،660 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ދޭން ވަނީ ނިންމާފައެވެ. މިއީ މިމަހުގެ މިހާތަނަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދޭން ނިންމި ރިސޯޓެވެ.
ރާއްޖޭގައި އެންމެ މަތިން ސާވިސް ޗާޖު ދޭ އެއް ރިސޯޓަކީ ވެލާ ރިސޯޓެވެ. އެ ރިސޯޓުން ދޭ ސާވިސް ޗާޖު މަތިވާ މައިގަނޑު ސަބަބަކީ މުވައްޒަފުން މަދު ކަމާއި އެ ރިސޯޓަކީ އެންމެ މަތީ ފެންވަރުގައި ހިދުމަތްދޭ ރިސޯޓަކަށް ވުމުންނެވެ. ދުނިޔޭގެ ގިނަ މަހުޖަނުންގެ މެދުގައި ވެލާ ރިސޯޓަކީ މަގުބޫލު ރިސޯޓެކެވެ.
މިދިޔަ މަހު ދެވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދޭން ނިންމާފައިވަނީ، މާލެ އަތޮޅުގައި އޮންނަ ވަލްޑޯފް އޮސްޓްރިއާ އިތާފުށިންނެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 3320 ޑޮލަރު (ގާތްގަނޑަކަށް 51،194 ރުފިޔާ) ދިނުމަށް ވަނީ ނިންމާފައެވެ.
މިމަހު ދެން އެންމެ ބޮޑު ސާވިސް ޗާޖެއް ދޭން ނިންމާފައިވަނީ ވަން އެންޑް އޮންލީ ރީތި ރަށުންނެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 3089 ޑޮލަރު (47،632.3 ރުފިޔާ) ދޭނެއެވެ.
މިމަހުގެ މިހާތަނަށް އެންމެ ބޮޑު ސާވިސް ޗާޖެއް ވެލާއިން ދޭން ނިންމާފައިވާއިރު، ގިނަ ރިސޯޓުތަކުން މިމަހުގެ ސާވިސް ސާޖުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ އަދަދުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު