މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ މޫދަށް އެރި އުޅެނިކޮށް މަރުވެފައިވަނީ ސަފާރީ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެއް ކަމަށެވެ. އޭނާ މަރުވެފައިވާ އެކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު 16:30 ގައި ކަމަށް ފުލުހުން ބުންޏެވެ.
މޫދަށް އެރި އުޅެނިކޮށް މަރުވީ، 61 އަހަރުގެ އަންހެން ފަތުރުވެރިއެކެވެ. ނަމަވެސް އެ ފަތުރުވެރިޔާ މަރުވީ ގެނބިގެން ކަމެއް ނުވަތަ ގުދުރަތީ މަރަކުން ކަމެއް ސާފެއް ނުވެއެވެ.
މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު މިހާރު ވަނީ މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ.