ރައީސް އޮފީސް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މިމަހުގެ 19 ވަނަ ދުވަހު ރައީސް އޮފީހުގެ ސެކިއުރީޓީ ބަލަހައްޓަން ތިބި އެމްއެންޑީއެފް ބޭފުޅުން ކައިރިއަށް ގޮސް އެތެރޭގައި ތިއްބެވި ވެރިން ބޭރަށް ނުކުތުމަށާއި، ރައީސް އޮފީސް ގޮއްވާލާނެ ކަމަށް މީހަކު އިންޒާރު ދީފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 34 އަހަރުގެ ދިވެހި ފިރިހެނެއް އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރު ކުރި މީހާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން އިތުރަށް ބުނީ ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.