ޚަބަރު

ދިރާގުން "ނައިޓް އެލަވަންސް" ތައާރަފުކޮށްފި

މުހައްމަދު އިޝާން

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭން އެކްޓިވޭޓް ކޮށްފައިވާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ދިރާގުން "ނައިޓް އެލަވަންސް"ގެ ނަމުގައި ރޭގަނޑު ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ އަލަށް ތައާރަފުކުރި ޕްރޮމޯޝަންގެ ދަށުން މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކޮށްގެން އިތުރު ޑޭޓާއާ އެކު އޯލް އިންކްލޫސިވް ޑޭޓާ ޕްލޭންސް ލިބޭނެ ކަމަށެވެ. "ނައިޓް އެލަވަންސް" ޑޭޓާ މެންދަމު 1:00 އިން ހެނދުނު 7:00 އަށް ބޭނުން ކުރެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

"ނައިޓް އެލަވަންސް" ޕްރޮމޯޝަންގެ ދަށުން ސްޓްރީމިން ކުރުމަށާއި ޗެޓް ކުރުމަށް އަދި ސޯޝަލް މީޑިއާ ބޭނުން ކުރަން ހިލޭ ޑޭޓާ ވެސް ލިބޭނެއެވެ.

ދިރާގުގެ ޕްރިޕެއިޑް "އޯލް އިންކްލޫސިވް" ކޮމްބޯ ޕްލޭނެއް 250ރ. އަށް ލިބޭނެ އެވެ. މި ޕެކޭޖު ދިރާގުގެ ޕްރިޕެއިޑް އަދި "ސަޅި" ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބޭނެއެވެ.

"ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" އިން ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.

ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކުރުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށް ފަހު 343 އަށް މެސެޖު ކުރުމުން އެކްޓިވޭޓް ވާނެއެވެ.