މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކުން ހުޅުމާލެ އާއި އެއާޕޯޓު ދަތުރުތައް އެކަނި ނަގާނަމަ އެކަން ރިޕޯޓުކުރުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން އެދިއްޖެއެވެ.
ޓެކްސީ ކުރާ ފަރާތްތަކުން ހަމައެކަނި ހުޅުމާލެ އާއި އެއާޕޯޓު ދަތުރުތައް ނަގާކަމުގެ ޝަކުވާ މިފަހަކަށް އައިސް ވަރަށް ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.
އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، މާލޭ ސަރަހައްދުގެ ޓެކްސީގެ ހިދުމަތަށް އެދޭ ފަރާތްތަކުން ޓެކްސީ ހޯދުމަށް ސެންޓަރުތަކުގައި އެދުމުން އެފަރާތްތަކަށް ހިދުމަތް ނުލިބޭ ކަމަށާއި މާލެ ތެރޭގައި ދަތުރުތައް ނުނަގައި، ހުޅުލެއާއި ހުޅުމާލޭގެ ދަތުރުތައް ނަގަމުންދާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.
ޓްރާންސްޕޯޓުން ބުނީ، އާންމު ރައްޔިތުން ޓެކްސީގެ ހިދުމަތަށް އެދުމުން ބޭނުންވާ ހިދުމަތް ފޯރުކޮށް ނުދޭ ފަރާތްތަކުގެ މައުލޫމާތު އެ މިނިސްޓްރީގެ ފޯނު ނަންބަރު 7943434 މެދުވެރިކޮށް ވައިބާ މެސެޖުން ހިއްސާކުރުން އެދޭ ކަމަށެވެ.
މީގެ އިތުރުން އާންމު ރައްޔިތުންނަށް ހިދުމަތްދިނުމުގައި ޓެކްސީ ސެންޓަރުތަކުގެ މައްޗަށް ގާނޫނު ނަންބަރު 5/2009 އާއި ގަވާއިދު ނަންބަރު 2013/R-1475 އިން ލާޒިމުކުރާ ކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކާ މެދު ކުރިއަށް އޮތްތަނުގައި އެ މިނިސްޓްރީން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު