އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ނައިޖީރިއާ ގަދަ 16 އަށް ދިޔަ އިރު، ދެވަނަ ޓީމުގެ ގޮތުގައި މިސްރުން ގަދަ 16 ޔަގީން ކޮށްފިއެވެ.
ރޭ ގްރޫޕް ޑީގެ ފަހު ދެމެޗު ކުޅެފައިވާ އިރު، މިސްރުން ގަދަ 16 ޔަގީންކުރީ 1-0 ގެ ނަތީޖާއަކުން ސޫދާން ބަލިކޮށްގެންނެވެ. މިސްރުން ރޭގެ މެޗަށް ނުކުތް އިރު، އެންމެ ޕޮއިންޓަކުންވެސް ގަދަ 16 ޔަގީންވާން އޮތެވެ. ނައިޖީރިއާއިން ގްރޫޕުގައި ކުޅުނު ފަހު މެޗުގައި ރޭ 2-0 އިން ގީނީ ބީސާ ބަލިކުރި އިރު، އެޓީމަށް އެއްވަނަ ލިބުނީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކުގައެވެ. ދެވަނައަށް ދިޔަ މިސްރަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު ބަލިވީ ނައިޖީރިއާ އަތުންނެވެ.
ނަވާރަ ސަތޭކަ ހަތްދިހަ ވަނަ އަހަރު އެފްކޮން ޗެމްޕިއަންކަން ހޯދި ސޫދާނުން 2012 ވަނަ އަހަރަށްފަހު މިއަހަރު އަނެއްކާވެސް އެފްކޮންގައި ވާދަކުރަމުން އަންނަ އިރު، ގްރޫޕުގެ ތިންވަނަ ލިބުނު ނަމަވެސް އެޓީމަށް ގަދަ 16 އަށް ދާން އޮތީ އުނދަގޫ މަގެކެވެ. ތިން މެޗުން ސޫދާނަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
މިސްރުން ރޭގެ މެޗުގެ ކުރީކޮޅުގައިވެސް މޮޅަށް ކުޅެ ހަމަލާތައް އުފެއްފިއެވެ. ހާއްސަކޮށް މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ނާކާމިޔާބު ވެފައެވެ. ހަމަލާތައް ގިނަކޮށް ފެނުނު މިސްރުން ލީޑު ނެގީ މެޗުގެ 35 ވަނަ މިނެޓުގައެވެ. އެޓީމުން ގޯލު ޖެހީ އަލް ސައިދުގެ ކޯނަރަކުންނެވެ. އެ ކޯނަރު ގޯލަށް ވައްދާލީ މުހައްމަދު އަބްދެލްމޮނެމް އެވެ.
މިސްރުން ގަދަ 16 ގައި ވާދަކުރަން ޖެހޭނީ ގްރޫޕް އީގެ އެއްވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ.
21:00 އައިވޮރީ ކޯސްޓް - އަލްޖީރިއާ
21:00 ސިއެރާ ލެއޯން - އިކުއެޓޯރިއަލް ގީނީ
12:00 ގެމްބިއާ - ޓިއުނީޝިއާ
12:00 މާލީ - މައުރިޓާނިއާ
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު