އއ. އުކުޅަހު ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި އެވެ.
އެމަސައްކަތް ކުރިއަށް ދާ ގޮތް ހިއްސާ ކުރަމުން މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނީ އުކުޅުހު ބަނދަރުގެ އެއްގަމު ތޮށިލުމާއި ޖެޓީ ހެދުމުގެ މަސައްކަތުގެ 92 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ހުރި ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތައް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 19,630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެ އެވެ.
އޭގެ އިތުރުން 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި، 580 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
މި މަޝްރޫއު އެމްޓިސީސީ އާއި ހަވާލު ކޮށްފައިވަނީ 10 ނޮވެމްބަރު 2020 ގައެވެ. މި މަޝްރޫއުގެ އަގަކީ ޖުމުލަ 19.9 މިލިއަން ރުފިޔާ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު