މި ދުވަސްވަރަކީ ކަނޑުތަކުގެ އޮއިވަރު ގަދަ ދުވަސްވަރެއް ކަމުން ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.
މެޓުން ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދުގައި، ވަކިން ހާއްސަކޮށް މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި އޮއިވަރު ގަދަ ދުވަސްވަރެއް ކަމަށާއި އެހެންވެ މޫދާއި ކަނޑުމަތީގެ އެކި އެކި ހަރަކާތްތައް ހިންގާއިރު ހައްސަ ސަމާލުކަމެއް ދިނުން އެދޭ ކަމަށެވެ.
މި ދުވަސްވަރަކީ އިރުވައި މޫސުމުގެ ދުވަސްވަރެކެވެ. މެޓުން ބުނީ، މެދު ރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރުން އެކަށީގެންވާ ކަމަށެވެ.
މީގެ އިތުރުން، މެޓުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުނދައެރުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދު ވައިޓް އެލާޓް ނެރެފައެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.