ވިމެން އިން މެނޭޖްމަންޓް (ވިމް)ގެ ޓޮޕް 50 އެވޯޑު ރާއްޖޭގެ ހަ ބޭފުޅަކަށް ލިބިވަޑައިގެންފިއެވެ.
ސްރީލަންކާގެ ސަންގްރިލާ ހޮޓަލުގައި މިރޭ ކުރިއަށްގެންދިޔަ ޓޮފް 50 އެވޯޑު ހަފުލާގައި ރާއްޖޭގެ އާބިދާ އިސްމާއިލް އަލީއަށް ވަނީ އެންޓަޕްރިނިއާ އޮފް ދަ އިޔާ އެވޯޑް ލިބިވަޑައިގެންފައެވެ.
- އާބިދާ އިސްމާއިލް އަލީ (އެންޓަޕްރިނިއާ އޮފް ދަ އިޔާ)
- އައިޝަތު ސުޖޫން މުހައްމަދު (ޕްރޮފެޝަނަލް ރޯލް މޮޑެލް އޮފް ދަ އިޔާ)
- އައިޝަތު ޖެނިފާ (ކެރިއާ އެޗީވާ އޮފް ދަ އިޔާ)
- ޑރ. ފާތިމަތު ނަޒްލާ ރަފީގު (ވިމެން ވިތު ކޯސް)
- އައިޝަތު ހުދާ އަހުމަދު (ކްލައިމެޓް އެކްޝަން އެވޯޑް)
- މައިމޫނާ އަބޫބަކުރު (އިންސްޕިރޭޝަނަލް ވިމެން އޮފް ދަ އިޔާ)
ވިމްގެ ޓޮޕް 50 އެވޯޑު ހަފުލާގައި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުލްރައްޒާގާއި އެހެން ބައެއް ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަފުލާގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ލަންކާގެ 50 އަންހެނުންނަށް ވެސް އެވޯޑު ދީފައިވެއެވެ.
މިއަހަރަކީ ރާއްޖެއަށް ހާއްސަ ކެޓަގަރީއެއް ހިމަނައިގެން މި ހަފުލާ ކުރިއަށްގެންދާ ހަތަރުވަނަ އަހަރެވެ. އެންމެ ފަހުން އެ އެވޯޑު ބޭއްވީ 2019 ވަނަ އަހަރުއެވެ. އެ އަހަރު ރާއްޖޭގެ ތިން ބޭފުޅަކަށް ޓޮޕް 50 އެވޯޑް ލިބިފައިވާ އިރު، 2018 ވަނަ އަހަރު އެ އެވޯޑު ރާއްޖޭގެ ހަ ބޭފުޅަކަށް ލިބިފައިވެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ވިމެން އެންޑް މެނޭޖުމަންޓް، ރާއްޖޭގެ ޗެޕްޓާގެ ރައީސާ، އަދި "ވަން އޮންލައިން" ގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދު ވިދާޅުވީ، ވިމްގެ ޓޮޕް 50 އެވޯޑަކީ ބައިނަލްއަގުވާމީ ޕްލެޓުފޯމެއްގައި ރާއްޖެ ތަމްސީލުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިއަހަރުގެ އެވޯޑް ލިބުނު ކަނބަލުންނަކީވެސް އެ ކަނބަލަކު މަސައްކަތްކުރާ ދާއިރާތަކުން ނަމޫނާ ދައްކާފައިވާ ފަރާތްތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.
"ވިމްގެ ރާއްޖޭގެ ޗެޕްޓާގެ ރައީސާގެ ހައިސިއްޔަތުން ހަގީގަތުގައި ވަރަށް ފަހުރުވެރިވޭ ދިވެހިންތަކަކަށް މިފަދަ ފުރުސަތުތަކެއް ހޯދައިދެވޭތީ. އަޅުގަނޑުގެ އެދުމަކީ މިއަހަރުގެ ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމަން އެވޯޑަށްވެސް ގިނަ ބަޔަކު ކުރިމަތިލުން،" މިންހާ ވިދާޅުވިއެވެ.
އިންޓަނޭޝަނަލް ފައިނޭންސް ކޯޕް އާއި އޮސްޓްރޭލިއާގެ ސަރުކާރާ ގުޅިގެން ކުރިއަށްގެންދިޔަ މިއަހަރުގެ ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް އަކީ މި އެވޯޑުގެ 11 ވަނަ އެޑިޝަނެވެ. 2011 އިން ފެށިގެން ކޮންމެ އަހަރަކު މި އެވޯޑު ވިމް އިން ދެމުން އަންނަ އިރު، މިއީ މަސައްކަތުގެ މާހައުލުގައި އަންހެނުންގެ މަސައްކަތް ބަލައިގަތުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށް ވިމް އިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު