ޚަބަރު

ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 70 ޕަސެންޓް ނިމިއްޖެ

މުހައްމަދު ޖަމްޝަތް ވަހީދު

ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 70 ޕަސެެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ހަވާލުކޮށްފައިވާ، އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު ގޮނޑުދޮށުގައި ވެލި ބޭނުންކޮށްގެން ކޮނުމަށްފަހު ބިންގަނޑު އެއްވަރު ކުރުމާއި، ބެޑު ތައްޔާރު ކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި މުޅި މަޝްރޫއުގެ 70 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ މާރޗު 29 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 11,700 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ބެޑު ތައްޔާރުކުރުމާއި، 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މި މަޝްރޫއަކީ 10.13 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.