ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް ދިރާގުގެ އެހެން ކަސްޓަމަރުންނަށް ޑޭޓާ ހަދިޔާކުރެވޭ ގޮތް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ ޕޯސްޓް ޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ޑޭޓާ ހަދިޔާ ކޮށްލެވޭނެ ކަމަށާއި ގިފްޓް ކުރެވޭ ތަފާތު އެކި އެޑްއޮންސްތައް ހުންނާނެ ކަމަށެވެ. ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް ވަރަށް ފަސޭހައިން ޑޭޓާ ހަދިޔާކޮށްލެވޭނެ ކަމަށްވެސް އެ ކުންފުނީން ބުނެއެވެ.

ޕޯސްޓް ޕެއިޑް ކަސްޓަމަރުން އެހެން ކަސްޓަމަރަކަށް ޑޭޓާ ގިފްޓް ކޮށްލުމުން ޗާޖް ކުރާނީ އެމަހުގެ ފޯން ބިލަށެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުން ޑޭޓާ ގިފްޓު ކުރުމުން ޗާޖުވާނީ ފޯނުގެ ބެލެންސް އިންނެވެ.

ޑޭޓާ ޓްރާންސްފާ އަކީ ގިނަ ބަޔަކު ބޭނުންވެފައި ތިބި ހިދުމަތެކެވެ.