މައްސަލަ ހައްލުކޮށް، ކަރަންޓު ކެނޑުނު ހިޔާގެ ހުރިހާ ފްލެޓަކަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މީގެ އިރުކޮޅެއް ކުރިން ސްޓެލްކޯއިން ބުނީ ހިޔާފްލެޓްތަކުން ކަރަންޓް ކަނޑައިގެން ދިޔައީ، ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް، ގެއްލުން ވެގެން ކަމަށެވެ. އެ ކޭބަލްތަކަށް ގެއްލުންވީ ކޮނުމުގެ ތެރޭގައި ކަމަށްވެސް ބުންޏެވެ.

ސްޓެލްކޯގެ މީއާ އޮފިޝަލް ވިދާޅުވީ، ކޮނުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެ ފަރާތުންނޫން ކަމަށެވެ. އެއީ އެޗްޑީސީގެ މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނީ އެ މައްސަލައާ ގުޅިގެން ދިމާވި ދަތިތަކަށް މާފަށް އެދޭ ކަމަށާއި، މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.