ޑައިވިނަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެންއެންޑީއެފުން މިއަދު ބުނީ "ގޮމަ" ނަމަކަށް ކިޔާ ދޯނިން މަންދޫ ކައިރި ފަރަކަށް ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން އެއް ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެމީހާ ގެއްލުނުކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 3:55 ހާއިރު ކަމަށާއި ގެއްލިގެން ހޯދަމުން ދަނީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެއް ކަމަށެވެ.
އެމީހާ ހޯދުމަށް އެ ސަރަހައްދުން ދަތުރުކުރި ސީޕްލޭންތައް މެދުވެރިކޮށް ބަލާފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް އެމީހާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު