ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، ފުރަތަމަ ހަފުތާގައި ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހޭނީ މަދުވެގެން ދެ ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަމަށް ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގައި ކޮވިޑް-19 އަނެއްކާވެސް ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ. އެހެންކަމުން 2022-2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެ ވަނަ ޓާމުގެ ކިޔަވައިދިނުން ސްކޫލުތަކުގައި އަންނަ އާދިއްތާގައި ފަށައި އިރު، ފުރިހަމަ ހަފުތާގައި ކިޔަވައިދިނުން ކުރިއަށް ގެންދާނެ ގޮތްތައް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.
އެގޮތުން ސްކޫލުގައި ބާއްވާ ހުރިހާ ހަރާކާތެއްގައިވެސް ގައިދުރުކަން ބެހެއްޓުމަށާއި މާސްކު ނަގައިގެން ބާއްވަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލުތަކުގައި ނުބޭއްވުމަށް އަދި ސްކޫލުތަކުގައި ކިޔަވައިދޭ ދަންފަޅިތަށް ކުރުކުރުމަށްވެސް އެޑިއުކޭޝަނުން ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން ދަރިވަރުން ހާޒިރުވުމުން ހުން ބަލައި، ސެނެޓައިޒް ނޫނީ ދަރިވަރުން އަތްދޮއްވުމަށް އަންގާފައިވާ އިރު، ކްލާސްރޫމުގައި ދަރިވަރުންނަށް ތިބެވޭނީ ތިން ފޫޓުގެ ދުރުމިނެއްގައި ކަމަށްވެސް ބުނެފައިވެއެވެ.
އެޑިއުކޭޝަނުން ބުނީ، ސްކޫލުތަކުގެ ކިޔަވައިދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު އެ ސްކޫލަކުން ބެލެނިވެރިންނާ ހިއްސާކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު