ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރުގަދަ ޕާސްޕޯޓެއް އޮތް ގައުމަކަށް މިއަހަރުވެސް ރާއްޖެ ވެއްޖެއެވެ.
"ހެންލީ ޕާސްޕޯޓް އިންޑެކްސް" އިން އާންމުކޮށްފައިވާ އެންމެ ބާރުގަދަ ޕާސްޕޯޓް ގެންގުޅޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެއަށް ވަނީ 88 ޕޮއިންޓުގެ ކުރިއެރުމެއް ލިބިފައެވެ. މިހާރު ރާއްޖެ ހިމެނެނީ އެ ލިސްޓުގެ 58 ވަނައިގައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އަށް ދަރަޖައިގެ ކުރިއެރުމެކެވެ.
އެންމެ ބާރުގަދަ ޕާސްޕޯޓް ލިސްޓުގައި ރާއްޖެއަށް އަށް ދަރަޖައިގެ ކުރިއެރުމެއް ލިބުނު އިރު، ރާއްޖެ ހިމެނިފައިވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރުގަދަ ޕާސްޕޯޓު ގެންގުޅޭ ގައުމުގެ ގޮތުގައެވެ. އަދި އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުތަކުގެ ތެރޭގައިވެސް ރާއްޖޭގެ ޕާސްޕޯޓް ހިމެނެއެވެ. އެގޮތުން ރާއްޖެއަށް ވިސާއާ ނުލައި، 88 ގައުމަކަށް ދަތުރުކުރެވެއެވެ.
- ދިވެހިރާއްޖެ، 58 ވަނަ
- އިންޑިއާ، 84 ވަނަ
- އަފްގާނިސްތާން، 111 ވަނަ
- ބޫޓާން، 90 ވަނަ
- ބަންގުލަދޭޝް، 103 ވަނަ
- ނޭޕާލް، 105 ވަނަ
- ސްރީލަންކާ، 102 ވަނަ
- ޕާކިސްތާން، 108 ވަނަ
"ހެންލީ ޕާސްޕޯޓް އިންޑެކްސް" އިން އާންމުކޮށްފައިވާ އެންމެ ބާރުގަދަ ޕާސްޕޯޓް ލިސްޓުގެ އެއްވަނައިގައި އޮތީ ޖަޕާނާއި ސިންގަޕޫރެވެ. ދެވަނައިގައި ޖަރުމަނާއި ސައުތު ކޮރެއާ އޮތް އިރު، ތިންވަނައިގައި ހަތަރު ގައުމެއް ހިމެނެއެވެ. އެއީ ފިންލޭންޑް، އިޓަލީ، ލަގްޒެމްބާގްގެ އިތުރުން ސްޕެއިނެވެ.
ލިސްޓުގެ އެންމެ ފުލުގައި މިއަހަރުވެސް އޮތީ އަފްޣާނިސްތާނެވެ. އެ ގައުމުގެ ޕާސްޕޯޓާއެކު ވިސާއާ ނުލައި ދެވެނީ 26 ގައުމަށެވެ.
"ހެންލީ ޕާސްޕޯޓް އިންޑެންސް" އިން އާންމުކުރާ، އެންމެ ބާރުގަދަ ޕާސްޕޯޓް ގެންގުޅޭ ގައުމުތަކުގެ ލިސްޓު ގިންތި ކުރަނީ، ޕާސްޕޯޓް ހިފައިގެން ވިސާއާ ނުލައި ދެވޭ ގައުމުތަކާއި ވިސާ އޮން އެރައިވަލްއަށް ބަލައިފައެވެ.
ރާއްޖޭގައި ކުރިން ބޭނުންކުރި ޕާސްޕޯޓް ބަދަލުކޮށް އާ ޑިޒައިނަކަށް ޕާސްޕޯޓް ނެރެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުއެވެ. އިމިގްރޭޝަން ރީބްރޭންޑްކޮށް ނެރުނު ޕާސްޕޯޓަކީ ސަލާމަތީ ގޮތުން މިހާތަނަށް ހެދި އެންމެ ވަރުގަދަ ޕާސްޕޯޓު ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު