ދިރާގުގެ ހިދުމަތް ހޯދުމަށް ކަސްޓަމާ ކެއާ ސެންޓަރުތަކަށް ދިއުމުގެ ބަދަލުގައި ދިރާގުގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެކުންފުނިން އެދިއްޖެއެވެ.
ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުގައި ކޮވިޑް ހާލަތު ގޯސްވަމުންދާތީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ހިދުމަތްތައް ހޯދުމަށް ދިރާގު "މައިއެކައުންޓް" އަދި ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމަށް އެކުންފުނިން އިލްތިމާސް ކުރާ ކަމަށެވެ.
ދިރާގުން ބުނީ "މައިއެކައުންޓް" ބޭނުންކޮށްގެން އިންޓަނެޓް އަދި މޮބައިލް ޕެކޭޖުތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ހިދުމަތާއި އެހެނިހެން ހިދުމަތްތަކަށް އެދެވޭނެ ކަމަށާއި ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ބިލް ދެއްކުމާއި އެޑް-އޮންސް އަދި ބޫސްޓާސް އެކްޓިވޭޓްކޮށްލުން ފަދަ ގިނަ ކަންތައްތައް ކޮށްލެވޭނެ ކަމަށެވެ.
ދިރާގުގެ ހިދުމަތަށް އަލަށް އެދޭ ފަރާތްތަކަށްވެސް އެކުންފުނީގެ އީމެއިލް [email protected] އަށް މެއިލްކޮށްގެން ބޭނުންވާ ހިދުމަތަކަށް އެދެވޭނެ ކަމަށާއި ދިރާގުގެ "މައިއެކައުންޓް" ހިދުމަތަށް މިހާތަނަށް ރެޖިސްޓާ ކޮށްފައިނުވާ ކަސްޓަމަރުން www.dhiraagu.com.mv/ocs މި ލިންކް މެދުވެރިކޮށް ރެޖިސްޓާ ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން އިތުރަށް ބުނީ އެއްވެސް އިތުރު މައުލޫމާތެއް ބޭނުންނަމަ ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، ފޭސްބުކް މެސެންޖާ، ވައިބާ ނުވަތަ ވަޓްސްއަޕް ބޭނުންކުރުމަށް ދިރާގުން އިލްތިމާސްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު