މިއަހަރުގެ ގޯލްޑަން ގްލޯބުގެ ހައްގުވެރިންގެ ނަންތައް އާދިއްތަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ.
މިފަހަރުގެ އެވޯޑު ހަފުލާ ކުލަގަދަކޮށް ބާއްވާފައިނުވި ނަމަވެސް ކޮރެއާގެ މި އެކްޓަރު ވަނީ އޭނާގެ ގައުމު ފަހުރުވެރިކޮށްދެވުމުގެ އުފާ ހާސިލުކޮށްފައެވެ.
ނެޓްފްލިކްސްގެ މަގުބޫލު ސީރީސް ''ސްކުއިޑް ގޭމް'' އިން އޯ ޔަން ސޫ ހުށަހަޅައިދިން ރޯލުން ވަނީ ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑު ލިބިގެން ގޮސްފައެވެ. އުމުރުން 77 އަހަރުގައި އޯ ޔަން ސު ހާސިލުކުރި އެވޯޑާއެކު ގޯލްޑަން ގްލޯބްސް އެވޯޑު ކާމިޔާބުކުރި ފުރަތަމަ ކޮރެއާ މީހަކަށް އޭނާ ވަނީ ވެގެން ގޮސްފައެވެ. ސްކުއިޑް ގޭމްގައި 001 ވަނަ ކުޅުންތެރިޔާ، އޯ އި ނަމްގެ ކެރެކްޓާ އޭނާ ހުށަހަޅައިދީފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.
އޯ ޔަން ސު، މި އެވޯޑު ކާމިޔާބުކުރި އިރު، އެ ކެޓެގަރީން އޭނާއާ ގާތުން ވާދަކުރި ތަރިންގެ ތެރޭގައި ''ދަ މޯނިން ޝޯ'' އިން ބިލީ ކްރުޑުޕް އާއި މާކް ޑުޕްލަސް، ''ސަކްސެޝަން'' އިން ކިއެއަން ކަލްކިން އަދި ''ޓެޑް ލަސޯ'' އިން ބްރެޓް ގޯލްޑްސްޓެއިން ހިމެނެއެވެ.
ކޮރެއާގެ ފިލްމު އިންޑަސްޓްރީގައި 50 އަށްވުރެ ގިނަ އަހަރު ވަންދެން މަސައްކަތްކުރަމުން އައިސްފައިވާ އޯ ޔަން އަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނެޓްފްލިކްސްގައި ރިލީސްކުރި ''ސްކުއިޑް ގޭމް'' އިންނެވެ. މި ސީރީސްގެ ލީޑުން ފެނިގެންދިޔަ ލީ ޖުން ޖޭ ވެސް ވަނީ ގޯލްޑަން ގްލޯބްސްގެ އެންމެ މޮޅު އެކްޓަރަށް ނޮމިނޭޓުވެފައެވެ. ނަމަވެސް އޭނާއަށް އެވޯޑު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން