ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 68 ޕަސެންޓް މަސައްކަތް ނިންމާލައިފިއެވެ.
އެ މަސައްކަތް ކުރާ އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ބޭރުތޮށިލުމުގެ މަސައްކަތް ކުރާާނެ ކަމަށެވެ.
އެ މަޝްރޫއަކީ 6.39 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަ އިރު، އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތްވެސް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު