ރާއްޖޭގެ "އޮފިޝަލް ރިޒާވް އެސެޓްސް" ބޮޑު ތަނުން މަދުވެ 791.20 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި 2021 ވަނަ އަހަރު ފެށުނު އިރު، ރާއްޖޭގެ ރިޒާވްގައި ހުރީ 830.65 މިލިއަން ޑޮލަރެވެ. އަދި ސެޕްޓެމްބަރު މަހުގައި ރަސްމީ ރިޒާވް 1.02 ބިލިއަން ޑޮލަރަށް އިތުރުވެސްވިއެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަސް ނިމުނު އިރު އެ އަދަދު ވަނީ 791 ޑޮލަރަށް ދަށްވެފައެވެ.
މިއީ 2021 ވަނަ އަހަރު ނިމޭއިރު ރަސްމި ރިޒާވް ހުންނާނެ ކަމަށް ސަރުކާރުން ލަފާކުރި އަދަދަށްވުރެ އިތުރު އަދަދެކެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ، އިގުތިސާދު ހުޅުވި، އިމްޕޯޓް ކުރާ މިންވަރު މަތިވުމާ އެކު، 2021 ވަނަ އަހަރު ނިމޭއިރު، ރަސްމީ ރިޒާވް ހުންނާނީ 672 މިލިއަން ޑޮލަރުގައި ކަމަށް ވިދާޅުވެފައެވެ. އަދި މިއަހަރު ނިމޭއިރުވެސް ރަސްމީ ރިޒާވް ހުންނާނީ ގާތްގަނޑަކަށް އެ މިންވަރުގައި ހިފެހެއްޓިފައި ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު