ގދ. ތިނަދޫގެ "ލޭންޑް ރިކްލެމޭޝަން ފޯ އިންޑަސްޓްރިއަލް ޒޯން އެންޑް ޝޯރްޕްރޮޓެކްޝަން" މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާއި ހަވާލުކޮށްފިއެވެ.
އެ މަޝްރޫއު ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ތޮލްހަތެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު އާދަމް އާޒިމެވެ.
އެ މަޝްރޫއުގެ ދަށުން 219،595 އަކަމީޓަރުގެ ބިން ހިއްކުމާއި، 1336 އަކަމީޓަރުގެ ރިވެޓްމެންޓް ޖެހުމާއެކެ ތިނަދޫގެ ހުޅަނގު ދެކުނުފަރާތުން 468 އަކަމީޓަރުގެ ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 284 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއެކު ކޮންކްރީޓް ބުރިޖެއް އެޅުމަށް ވެސް ހަމަޖެހިފައިވެއެވެ.
އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 125 މިލިއަން ރުފިޔާއަށެވެ.