މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި 27 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫއު އެގްރީމަންޓް ކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، އިބްރާހިމް ރާޝިދު (ރާޑޯ)ގެ ކެމްޕޭން ލޯންޗުކުރުމަށް ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި 27 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީގެ މަޝްރޫއު އެގްރީމަންޓްކޮށް، ގިނަ އަދަދެއްގެ ޕީއެސްއައިޕީ މަޝްރޫއުތައް ނިންމާލާފައިވާ ކަމަށެވެ.
"ތިން އަހަރުގެ ތެރޭގައި 27 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީގެ މަޝްރޫއުގައި ސޮއިކޮށް، އޭގެ ތެރެއިން 15 ބިލިއަން ރުފިޔާގެ މަޝްރޫއު ނިންމައިފިން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިސަރުކާރުން 25 ރަށެއްގެ ބަނދަރު ނިންމާފައިވާ އިރު، 39 ރަށެއްގައި އިންޖީނުގެ އަޅައި ނިންމާފައިވާ ކަމަށެވެ. އަދި އަންނަ ރޯދަ މަހުގެ ކުރިން އިތުރު ހަތަރު މިސްކިތެއް ހުޅުވޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު