ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން 28 މީހަކު ހައްޔަރު ކޮށްފި އެވެ.
ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އިއްޔެ ހަވީރު ބޭއްވި ހަރަކާތުގެ ބައިވެރިން ވަނީ އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އަޑުއުފުލައިފައެވެ.
ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އިއްޔެ ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން 28 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅުގެ ހަރަކާތްތައް ރާވައި ހިންގުމުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، ގިނަ މީހުން ހައްޔަރުކޮށްފައިވަނީ މޫނަށް ޕެޕާ ސްޕްރޭ ޖަހައި ވަރަށް ލާއިންސާނީ ގޮތަކަށް ކަމަށެވެ.
އިދިކޮޅުން އިއްޔެ ބޭއްވި ހަރަކާތުން 28 މީހަކު ހައްޔަރުކުރިއިރު، ބުރާސްފަތި ދުވަހު ބޭއްވި ހަރަކާތުން ހަތް މީހަކު ހައްޔަރުކުރިއެވެ. އޭގެ ކުރީ ދުވަހުވެސް 11 މީހުން ހައްޔަރުކުރި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު