ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަދި ޕާސަނަލް ފައިނޭންސިން މައިކްރޯއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އެޕްރޫވަލް ލިބޭ ހުރިހާ އެޕްލިކޭޝަނެއްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
މިމަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމާއެކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 50،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ.
ބީއެމްއެލް އިސްލާމިކުން މިފަހުން ވަނީ މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕޯޓްފޯލިއޯއަށް ބަދަލު ގެނެސްފައެވެ.
ބީއެމްއެލް ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށްވެސް ބީއެމްއެލް ޕާސަނަލް ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު