މޫދު ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ހުޅުމާލޭގައި "މައި-ހުޅުމާލެ ވޯޓާ ސްޕޯޓްސް ކޭމްޕް 2021"ގެ ނަމުގައި ކޭމްޕެއް ބާއްވައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ ސްކޫލު ކުދިންގެ މިޑް ޓާމް ބަންދާ ގުޅުވައިގެން ބޭއްވި މި ކޭމްޕްގެ މަގުސަދަކީ ހުޅުމާލެގައި ދިރިއުޅޭ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށްގެން މޫދު ކުޅިވަރެއް ކަމުގައިވާ "ސްޓޭންޑް އަޕް ޕެޑަލް ބޯޑު" ދަސްކޮށްދިނުން ކަމަށެވެ.
އެ ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ 13 އަހަރާއި 19 އަހަރާ ދެމެދުގެ ޖުމްލަ 63 ކުދިން ހިމަނައިގެން މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.
މި ކޭމްޕް ނިންމާލާފައިވަނީ ބައިވެރިވި ކުދިންގެ މެދުގައި އެއް ދުވަހުގެ މުބާރާތެއް ބޭއްވުމަށް ފަހުއެވެ.
- މޫދު ކުލަބް
- ވައިޓް ބީޗް ވޯޓާ ސްޕޯޓްސް
- ބުލޫ ހޮރިޒަން
- ޑީޕް ބުލޫ އެކްސްޓްރީމް ވޯޓާ ސްޕޯޓްސް
- ޕްރޯ އެކްސްކާޝަންސް މޯލްޑިވްސް
- ޖަސްޓް ސޯލްޓް
- ރިއޯ ވޯޓާ ސްޕޯޓްސް
- މޯލްޑިވްސް ވޯޓާ ސްޕޯޓްސް
- ސީހޮލިކްސް
- ބީޗް ކްލަބް މޯލްޑިވްސް
- ބީޗް ބަޑީސް
- މެރިން ޕޮލިސް
- އެމްއާރްސީ
- ހުޅުމާލެ ޕޮލިސް
- ހުޅުމާލެ ހޮސްޕިޓަލް
އެޗްޑީސީން ބުނީ ކޮންމެ އަހަރަކުވެސް އެފަދަ ޕްރޮގްރާމްތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު