ފޭސްބުކްގެ ވީއާރް ހެޑްސެޓަށް އެލާޖިކު ވެގެން ކުއްޖަކު ސީރިއަސް ހާލަތަކަށް ހިނގައްޖެއެވެ.
އުމުރުން 13 އަހަރުގެ ލުއިސް ގްރޭއަށް އާއިލާއިން ހަދިޔާކުރި އޮކިއުލަސް ކުއެސްޓް 2 ހެޑްސެޓު ބޭނުން ކޮށްގެން ގޭމް ކުޅެން ފެށިތާ މާގިނައިރުތަކެއް ނުވަނީސް އޭނާ ވަނީ އެއަށް އެލާޖިކު ވެފައެވެ. ލުއިސް ގޭމްކުޅެން އިން އިރު ލޯ ކައިރި ވަށައިގެން ރަތްވަމުންދިޔަތަން ފުރަތަމަ ފާހަގަކުރެވުނީ އޭނާގެ މަންމަ ކާސްޓީ ރީޑް އަށެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރު ލުއިސްގެ ލޯ މަތި ވަނީ ވަރަށް ބޮޑަށް ދުޅަވެގެން ލޯ ނުހުޅުވޭ ވަރުވެފައި ކަމަށް ހަބަރުތައް ބުނެއެވެ.
ފޭސްބުކްގެ ވީއާރް ހެޑްސެޓު ގިނަ ބައެއްގެ ހަންގަނޑާ ނުގުޅޭ ކަމަށް ބުނެ 6000 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށާއި އޭގެ ތެރެއިން 45 މީހަކު ސިއްހީ ފަރުވާ ހޯދަން ޖެހުނުކަމުގައި ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
''ދަ އޮކިއުލަސް ކުއެސްޓް 2'' ނުވަތަ ގިނަ ބަޔަކު ދަންނަ ނަމުން ނަމަ ''މެޓާ ކުއެސްޓް 2'' އަކީ ގޭމް ކުޅުމަށް ފޭސްބުކް ޓެކްނޮލޮޖީން ތައްޔާރުކޮށްފައިވާ ވާޗުއަލް ރިއަލިޓީ-ވީއާރް ހެޑްސެޓެކެވެ.
ލުއިސްގެ މަންމަ ކާސްޓީ ބުނިގޮތުގައި ހެޑްސެޓު ބޭނުންކޮށްގެން އެލާޖިކު ވުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. އެލާޖިކް ވުމުގެ ސަބަބުން ދަރިފުޅަށް އަވަސް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނު އިރު އޭގެ އަސަރު ކޮށްފައިވަނީ ކިހާވަރަކަށް ކަން އޭރު ބުނަން ނޭނގޭ ކަމަށާއި އޭގެ ސަބަބުން ލުއިސްގެ ފުރާނައަށް ގެއްލުން ވެދާނެ ކަމުގެ ބިރު ހީވިކަމަށްވެސް ކާސްޓީ ބުނެއެވެ.
ފޭސްބުކުން އުފައްދާފައިވާ އޮކިއުލަސްއާ ދެކޮޅަށް މީގެ ކުރިން 2020 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން މިފަދަ އެތައް ޝަކުވާތަކެއް ލިބެމުން ދިއުމާ ގުޅިގެން އެކަން ވަނީ ތަހުގީގުވެސް ކޮށްފައެވެ. އެއަށްފަހު އޭޕްރިލް މަހު އެ ކުންފުނިން ބުނެފައިވަނީ އުފެއްދުމުގެ މަރުހަލާގައި ބޭނުން ކުރެވޭ މާއްދާއެއްގެ ސަބަބުން ބައެއް މީހުންގެ ހަންގަނޑާ ނުގުޅޭ މައްސަލަ ދިމާވަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އުފައްދާ މަރުހަލާއަށް ބަދަލު ގެނެސް އެކަން ކުޑަ ކުރުމުގެ މަސައްކަތްކޮށްފައިވާ ކަމަށް ވެސް ފޭސްބުކުން އޭރު ވަނީ ބުނެފައެވެ.
ފޭސްބުކް
ފޭސްބުކް
ފޭސްބުކް
ފޭސްބުކް