މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މުވައްޒަފަކު އަންހެނަކާ ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ ކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ އެމްޕީއެލްގެ ޔުނީފޯމުގައި ހުރި މީހަކު އަންހެނަކާ ދިމާލަށް ހަޅޭއްލަވައި ހަޑިހުތުރު ބަހުން ވާހަކަ ދައްކާތަނެވެ. އަދި އެތަނުގައި ތިބި އެހެން ދެ ފިރިހެނަކާވެސް ޒުވާބު ކުރާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.
މި ވީޑީއޯއާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން އެމްޕީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި ވީޑިއޯގެ މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެމައްސަލަ ބަލަމުން އަންނަ ކަމަށާއި ކުންފުނީގެ ގަވައިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި މައްސަލައިގައި އަޅާނެ ފިޔަވަޅެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު