ޚަބަރު

ގުުޅިފަޅު ކައިރިއަށް ބޯވަ ނަގަން ފޭބި ޒުވާނާ އަދިވެސް ނުފެނޭ!

މުހައްމަދު އިޝާން

ކ. ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ފޭބި ފަހުން ގެއްލުނު ޒުވާނާ އަދިވެސް ނުފެންނަށް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިއަދު ހެނދުނު 8:58 ހާއިރު ގެއްލިގެން ހޯދަމުން ދަނީ ހދ. ކުމުންދޫ، އަރާއިރު، ސުރޭހް ހަސަން، 21އ އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ، ގެއްލުނު މީހާ ހޯދުމަށް ކޯސްޓުގާޑުގެ ޑައިވަރުން ޑައިވް ކޮށްގެން 55،000 އަކަމީޓަރު ސަރަހައްދެއް މިހާތަނަށް ބަލާފައިވާ ކަމަށެވެ. އަދި ސްންކޯލިން ކޮށްގެން 36،000 އަކަމީޓަރު ބަލާފައިވާ ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދަމުންދާ މީހާ އެންމެފަހުން ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.