އަންނަ ޖެނުއަރީ އެކަކުން ފެށިގެން މިނިމަމްވޭޖް އެލަވަންސް ދޭން ނިންމައި، އެކަމުގެ ސަބަބުން ސިވިލްސާވިސް މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލުތައް ހާމަކޮށްފިއެވެ.
މިކަމާބެހޭ މައުލުމާތު ހާމަކުރުމަށް، ނެޝަނަލް ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަން ގުޅިގެން ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ފައިސަލް ވިދާޅުވީ މިއައި ބަދަލާއެކު ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން އެންމެ ގިނައިން އެލަވަންސް ލިބޭ މުވައްޒަފުންނަށް 1،917 ރުފިޔާ އިތުރުވެގެންދާނެ ކަމަށެވެ.
އެކަމުގެ ސަބަބުން ސިވިލް ސާވިސްގެ 11،828 މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން 1500 ރުފިޔާއިން މަތިން ސިވިލް ސާވިސް މުވައްޒަފުންގެ 50 ޕަސެންޓް ކަމަށްވާ 5928 މުވައްޒިފުންނަށް ލިބޭނެ ކަމަށާއި، 1000 ރުފިޔާ އާއި 1500 ރުފިޔާއާ ދެމެދުގެ އަދަދެއް 35 ޕަސެންޓް މުވައްޒިަފުން ކަމަށްވާ 4184 މުވައްޒިފުންނަށް ލިބޭނެ ކަމަށެވެ. އަދި
500 ރުފިޔާ އާއި 1000 ރުފިޔާއާ ދެމެދުގެ އަދަދެއް، 11 ޕަސެންޓް މުވައްޒަފުން ކަމަށްވާ 1286 މުވައްޒިފުންނަށް ލިބޭނެ ކަމަށާއި، 500 ރުފިޔާއިން ދަށް އަދަދެއް ހަތަރު ޕަސެންޓް ކަމަށްވާ 430 މުވައްޒިފުންނަށް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
- އެސްއެސް 1: މިހާރު ލިބެނީ 5،083 ރުފިޔާ، ބަދަލާއެކު ދެން ލިބޭނީ 7،000
- އެސްއެސް 2: މިހާރު ލިބެނީ 5،427 ރުފިޔާ، ބަދަލާއެކު ދެން ލިބޭނީ 7،255
- އެސްއެސް 3: މިހާރު ލިބެނީ 5084 ރުފިޔާ، ބަދަލާއެކު ދެން ލިބޭނީ 7،500
- އެސްއެސް 4: މިހާރު ލިބެނީ 6،236 ރުފިޔާ، ބަދަލާއެކު ދެން ލިބޭނީ 7،730
- ޖީއެސް 1: މިހާރު ލިބެނީ 5،515 ރުފިޔާ ބަދަލާއެކު ދެން ލިބޭނީ 7،015
- ޖީއެސް 2: މިހާރު ލިބެނީ 5،920 ރުފިޔާ ބަދަލާއެކު ދެން ލިބޭނީ 7،220
- ޖީއެސް 3: މިހާރު ލިބެނީ 6،352 ރުފިޔާ ބަދަލާއެކު ދެން ލިބޭނީ 7،452
- ޖީއެސް 4: މިހާރު ލިބެނީ 6،869 ރުފިޔާ ބަދަލާއެކު ދެން ލިބޭނީ 7،669
ޚަބަރު
ޚަބަރު
ޚަބަރު