އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އދ. މާފުށިވަރު ރިސޯޓު 402،500 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ޕެރެޑައިސް ރިސޯޓް ޑިވިލޮޕްމަންޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މާފުށިވަރު ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ބަޔާނާއި އީޕީއޭގެ ހުއްދައާ ހިލާފަށް ކަމަށެވެ.
އެހެންކަމުން "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ބެހޭ ގާނޫނު"ގެ ދަށުން، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާ އެއްގޮތް ވާގޮތުގެ މަތިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ. އަދި އިއްޔެ އިން ފެށިގެން މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާ ދެއްކުމަށް ޕެރެޑައިސް ރިސޯޓް ޑިވެލޮޕްމަންޓަށް ވަނީ އަންގައިފައެވެ.
މާފުށިވަރުގެ ޖޫރިމަނާއާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ނައީމް މިއަދު "ވަން" އަށް ވިދާޅުވީ، ޖޫރިމަނާކުރުމާއެކު ރިސޯޓުން ވަގުތުން ފައިސާ ދައްކާފައިވާ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 25 މިނެޓުން ދެވޭ ހިސާބުގައި އޮންނަ މާފުށިވަރު ހުޅުވީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ބޯޑަރު ބަންދުކުރުމަށްފަހު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ ރިސޯޓް މިހާރު ހިންގަމުން އަންނަނީ ޖަރުމަނުގެ ޑާ ޓުއަރިސްޓިކް ބްރޭންޑުގެ ދަށުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު