ކ. މާފުށީގައި އަލަށް ހިއްކި ބިމާއި މާފުއްޓާއި ގުޅުވާލުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މާފުށީ ފަޅުގައި އެމްޓީސީސީން ހިއްކި ޕިކްނިކް އައިލެންޑް، ވައްމާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއަކީ 35.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން މާފުށީގައި އަލަށް ހިއްކި ބިމާއި މާފުއްޓާ ދެމެދު 137 މީޓަރުގެ ބުރިޖެއް އަޅާނެއެވެ.
މާފުށީ ފަޅުން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށްގެންދިޔައީ އެމްޓީސީސީންނެވެ. އަދި އެރަށު ފަޅުން ދެ ހެކްޓަރުގެ ބިމެއް ހިއްކައިގެން ޕިކްނިކް އައިލެންޑެއްވެސް ހެދީ، އެމްޓީސީސީންނެވެ. އެ ދެ މަޝްރޫއަށް 128 ބިލިއަން ހަރަދުކޮށްފައިވެއެވެ.