ޚަބަރު

މަބްރޫކް ކައިވެނި ބައްލަވައިގެންފި

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ކައިވެނި ބައްލަވައިގެންފިއެވެ.

މަބްރޫކު ކައިވެނި ބައްލަވައިގަތީ ތައިލެންޑް މީހަކާއެވެ. އޭނާ މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައެވެ.

މަަބްރޫކް ވަނީ އޭނާ ކައިވެނިބައްލަވައިގެންކަން ހާމަކުރައްވައި ފޭސްބުކްގައި ޕޯސްޓެއް ކުރައްވައިފައެވެ. އެ ޕޯސްޓްގައި އޭނާގެ އަނބިކަބަލުންނާއެކު ފޮޓޯއެއްވެސް ވަނީ ހިއްސާ ކުރައްވައިފައެވެ.

މަބްރޫކް މިހާރު ހުންނެވީ ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރުމުގެ ކުރިން މަބްރޫކް ހުންނެވީ ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީގެ މަގާމުގައެވެ.

އާއްމުންގެ މެދުގައި މަބްރޫކު މަޝްހޫރުވެގެން ދިޔައީ ކޮވިޑާ ގުޅިގެން އުފެއްދި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ)ގެ ތަރުޖަމާނަކަށް އައްޔަންކުރުމުންނެވެ. އެންއީއޯސީއިން ކޮންމެ ދުވަހަކު ބާއްވަމުން ދިޔަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މަބްރޫކު ވަނީ ބައިވެރިވެފައެވެ.

މަބްރޫކް ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހަމަޖެއްސެވީ އެ މަގާމުގައި އޭރު ހުންނެވި އިބްރާހީމް ހޫދު ރައީސް އޮފީހުގެ ފޮރިން ސެކްރެޓަރީ މަގާމަށް ބަދަލުކުރުމުންނެވެ.