މާލޭގެ މިސްކިތަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ ފަތިހު މާލޭގެ އީދު މިސްކިތުން ފަންކާއެއް ވަގަށް ނަގަން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިސްކިތްތަކުން ވައްކަން ކުރުމާއި މިސްކިތްތަކުގެ ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން މިސްކިތުގެ ހުރުމަތް ކެނޑުމުގެ މައްސަލަ މި ފަހުން ވަނީ އިތުރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު