ކ. ހިންމަފުށީގައި ބާއްވާ ފުރަތަމަ އިންޓަ އޮފީސް ފުޓްސަލް މުބާރާތް، މިނިވަން ފަރު އިންޓަ އޮފީސް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ޑީޓީއާރުސީ، އައްސޭރި ޕްރިޒަން އަދި ސީއެމްއެފްއިން ކާމިޔާބުކޮށްފިއެވެ.
ރޭ ތިން މެޗު ކުޅެފައިވާ އިރު، ފުރަތަމަ މެޗުގައި ކުޅުނީ ގްރޫޕް ބީގެ ޑީޓީއާރުސީއާއި ހިންމަފުށީ ޕޮލިހެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ ޑީޓީއާރުސީއެވެ. ރޭގެ ދެވަނަ މެޗުގައި ވާދަކުރީ އައްސޭރި ޕްރިޒަން އާއި ކައުންސިލް ފުޓްސަލް ޓީމެވެ. ގްރޫޕް އޭގެ އެ މެޗުން އައްސޭރި ޕްރިޒަން މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައްސޭރި ޕްރިޒަންގެ އިބްރާހީމް ހަލީމެވެ.
ރޭ ކުޅުނު ތިންވަނަ މެޗު ސީއެމްއެފްއިން ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. އެ މެޗުގައި ސީއެމްއެފްއިން އައިބީސީ ކޮޅަށް ނުވަ ގޯލު ޖެހި އިރު، މެޗު ނިމުނީ 9-1 ގެ ނަތީޖާއަކުންނެވެ. ގްރޫޕް އޭގެ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހުސައިން ނާފިޒެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ތިން މެޗު މިރޭވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި ސީއެމްއެފް ސްޕިރިޓުން އައްސޭރި ޕްރިސަންއާ ދެކޮޅަށް ނުކުންނަ އިރު، ދެވަނަ މެޗުގައި ޑީޓީއާރުސީ ވާދަކުރާނީ ސީއެމްއެފްއާ ދެކޮޅަށެވެ. ފަހު މެޗުގައި ސްޓެލްކޯ ކްލަބު ނުކުންނާނީ ކައުންސިލް ޓީމާ ދެކޮޅަށެވެ.
ހިންމަފުށީގެ ސަރުކާރުގެ އިދާރާތަކާއި އޮފީސްތައް، އަދި އަމިއްލަ ކުންފުނިތަކަށްވެސް ބައިވެރިވުމަށް ހުޅުވާލި މިނިވަން ފަރު މުބާރާތް ކުރިއަށްދާނީ ހިންމަފުށީ ރަސްމީ ފުޓްސަލް ދަނޑުގައެވެ. މުބާރާތް ކުރިއަށްގެންދަން މިނިވަން ފަރުން ނިންމާފައިވަނީ މިމަހު 20 އިން 28 އަށެވެ.
މިނިވަން ފަރު އޮފީސް ފުޓްސަލްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް