ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ނ. ކެނދިކުޅުދޫގައި ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ މި ދެ ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްފައި ވަނީ ކެނދިކުޅުދޫގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެކު ކަމަށެވެ. އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓާ ނުވަތަ އޯއެންޓީވެސް ހިލޭ ލިބިގެންދާނެއެވެ.
އެންމެ ހަލުއި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖުތައް ހިޔާރު ކުރަން މިއީ ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށްވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑާ) ހިލޭ ލިބިގެންދާނެއެވެ. އެގޮތުން ކެނދިކުޅުދޫ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.
ދިރާގުގެ ސްޓްރެޓެޖީ، އޮޕަރޭޝަންސް، އެނަލެޓިކްސް އެންޑް ރިސާޗް މެނޭޖަރު ނިޒްމީން ލަތީފު ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް އެއް ފެންވަރެއްގައި އަދި އެންމެ ހެޔޮއަގުގައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ ވީހާވެސް ބޮޑު ބަޔަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދީ ޑިޖިޓަލް މުޖުތަމައެއް ބާރުވެރިކުރުވުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 ޕަސަންޓަށް ދިރާގުން މި ހިދުމަތް ފޯރުކޮށްދީފައިވާ އިރު، އޭގެ ތެރޭގައި 70 ރަށެއް ހިމެނެއެވެ.
ސަތޭކައަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ކޮލިޓީ ޗެނަލްތަކުގެ އަދަދު އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސަންޓް ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް މިހާރު ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު