އެކި ގޮތްގޮތުން ރާއްޖެއަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވެއްޖެއެވެ.
އަވަހާރަ ވީ އިރު އުމުރުފުޅަކީ 85 އަހަރެވެ. އެމަނިކުފާނު އަވަހަރާވަ ވީ ކޮވިޑަށް ޕޮޒިޓިވް ވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.
އޮނަރަބްލް އުމަރު ޒާހިރު ނިޝާން ޢިއްޒުއްދީނުގެ ވެރިޔާއަކީ 50 އަހަރަށްވުރެ ގިނަދުވަހު ދިވެހި ގައުމަށް އިހުލާސްތެރި އަގުހުރި ގިނަގުނަ ހިދުމަތްތައް ކުރައްވާފައިވާ މުރާލި ހީވާގި ގައުމީ މުވާޠިނެކެވެ.
ގައުމީ ބޮޑެތި މަސައްކަތްތައް އަމަލީގޮތުން ހިންގެވުމާއި އެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެއްލެވުމާއި، އިޖުތިމާއީ އަދި ގައުމީ އެންމެހައި ކަންކަމުގައި ހަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު މިސާލެއް ދެއްކެވި ނަމޫނާ ޝަޚުސިއްޔަތެކެވެ.
ޢުމަރު ޒާހިރު އަދާކުރެއްވި މުހިންމު ބައެއް މަގާމުތައް (1950 އިން 1970 ގެ އަހަރުތައް)
- ދާޚިލިއްޔާގެ މަޤާމުތައް، އައްޑޫ ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާ
- މަޖީދިއްޔާގެ ހެޑްމާސްޓަރ
- ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާ
- ބަނޑޮސް ރިސޯޓްގެ މެނޭޖަރ (ސަރުކާރުގެ ވަޒީފާއެއް ނޫން)
- މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު
- މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބު
ޢުމަރު ޒާހިރު އަދާކުރެއްވި، ސަރުކާރުގެ އިސްމަޤާމުތައް
- މާލޭ މުނިސިޕަލްޓީގެ ރައީސް (1980-1993)
- މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސް 1983-1988
- މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް 1988-1993 (ދާޚިލީ ވަޒީރު އަދި ކުޅިވަރާބެހޭ ފުރަތަމަ ވަޒީރު)
- މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް 1993-2004
- މިނިސްޓަރ އޮފް ހޯމް އެފެއާޒް 2004-2005 (ދާޚިލީ އަދި ފުލުހުންގެ ވަޒީރު)
- ސީނިއަރ މިނިސްޓަރ 2005-2008
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
- ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން (1990ގެ އަހަރުތައް)
- ރައްޔިތުންގެ ޚާއްސަ މަޖިލިސްގެ މެންބަރުކަން
(1980ގެ އަހަރުތަކުން 1990ގެ އަހަރުތަކަށް ކުރެއްވި ހާއްސަ ހިދުމަތްތައް
- 1960ގެ އަހަރުތަކުގައި ރާއްޖެއަށް ފުރިހަަމަ މިނިވަންކަން ހޯދުމަށް ކުރެވުނު ގައުމީ ޜޫޙާއި ޖޯޝާއި ފޯރީގެ މަސައްކަތްތަކުގެ އިސްސަފުގައި
- މަޖީދިއްޔާގައި އިލްމީ އަހުލާގީ ނަމޫނާ ދަރިވަރުން ބިނާކުރެއްވުން
- މާލޭގެ ތަރައްގީގެ ބޮޑެތި ހުރިހާ މަސައްކަތްތައް
- މާލޭ މަގުހެދުމުގެ މަޝްރޫއު
- މާލޭގެ އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫއު
- ހުޅުމާލެ މަޝްރޫއު
- ކުނިނައްތާލުމުގެ މަޝްރޫއާއި ކަމާބެހޭ މަސައްކަތްތައް
- ތިލަފުށި ހިއްކުން އެކަމާގުޅޭ އެންމެހައި މަސައްކަތްތައް
- ފުވައްމުލަކު ބަނދަރުގެ މަޝްރޫއު
- ރަށްރަށުގެ ބަނދަރުގެ މަސައްކަތްތައް
- ކުޅިވަރު ރޫޙާއި ޖޯޝާއި ފޯރި އެންމެ ގަދަވި ރަންޒަމާނުގެ ހިންގުންތެރި ވަޒީރު
މައުލޫމާތު: މުހައްމަދު ޝާތިރު