ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް އިންޑޮނޭޝިއާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ، ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ޓަކައި މި ނިސްޓްރީ އޮފް ހެލްތާއި އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް ހެލްތާއި ދެމެދު، މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
ވާޗުއަލްކޮށް ސޮއިކުރި މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ނަސީމް އެވެ. އިންޑޮނޭޝިއާގެ ފަރާތުން އެ ގައުމުގެ ހެލްތު މިނިސްޓަރު ބުޑީ ގުނާޑީ ސަޑިކިން އެވެ.
މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން ޕްރައިމަރީ ކެއާ، ސެކަންޑަރީ ކެއާ، ހެލްތު ރެޒިލިއެންސް، އަދި ހެލްތު ފިނޭންސިންގެ އިތުރުން ހެލްތު ޓެލެންޓް އަދި ހެލްތު ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ އިތުރުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ދެ ގައުމުގެ ސިއްހީ ދާއިރާގެ ފަންނުވެރިން ބަދަލުކުރުން ހިމެނޭ ކަމަށެވެ. ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ދާއިރާގެ ހިދުމަތްތެރީން ތަމްރީން ކުރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށާއި ހަމަ އެހެންމެ ސިއްހީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިކަންވެސް ލިބިގެންދާނެ ކަމަށް ހެލްތުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު