މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަނަކަށް ކެޕްޓަން މުހައްމަދު ޝަރީފު (ސެންކޯ) ހަމަޖައްސައިފިއެވެ.
ސެންކޯ އެ މަގާމަށް ހަމަޖައްސާފައި ވަނީ އިއްޔެއެވެ. ނަމަވެސް އެ މަގާމަށް އައްޔަންކުރުމުގެ ކުރިން ސެންކޯ ހުންނެވީ އެކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމުގައެވެ. އެ މަގާމަށް އޭނާ ހަމަޖެއްސެވީ ފެބްރުއަރީ 6، 2019ގައެވެ.
ސެކްނޯ ވަނީ 1986 ވަނަ އަހަރުން ފެށިގެން ބޯޓު ދަތުރުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވެފައެވެ. އަދި 2008 ވަނަ އަހަރު މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)ގެ ޗެއާމަންކަންވެސް ކުރެއްވިއެވެ.
އެމްޕީއެލްގެ ޗެއާމަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) 2020 ވަނަ އަހަރު އިސްތިއުފާ ދެއްވުމުންނެވެ.
ޒަކީ އިސްތިއުފާ ދެއްވީ، އެމްޕީއެލްގެ މުވައްޒަފުންތަކެއް ހިންގާފައިވާ ކަމަށް ބުނާ އަށް މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއް ކުންފުންޏާއި ރައްޔިތުންގެ ސަމާލުކަމަށް ގެންނަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު