ހައުސިން ޔުނިޓުތަކެއް އިމާރާތް ކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ)އަށް ކުރާ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
އައްމަޓީގެ މައްޗަށް ދައުލަތުން ކުރާ ހިޔާނާތުގެ 42 ދައުވާގެ އަޑުއެހުން އެއް އަޑުއެހުމެއްގެ ގޮތުގައި ތާވަލު ކޮށްފައި އޮތީ މިއަދު 1:00 އަށެވެ.
ނަމަވެސް ކުރިމިނަލް ކޯޓުގެ ލީގަލް އޮފިސަރު އަމާން މުހައްމަދު ނަޖީބު ވަން އޮންލައިން އަށް ވިދާޅުވީ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ. އެއީ މިއަދުގެ އަޑުއެހުން ތާވަލްކުރި ގަޑި ފުށުއަރާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ޝަރީއަތުގެ އަޑުއެހުމެއް ވަރަށް އަވަހަށް ރީޝެޑިއުލް ކުރައްވާނެ ކަމަސްވެސް އޭނާ ވިދާޅުވިއެވެ.
މިއަދު ބޭއްވުމަށް ތާވަލުކުރި އަޑުއެހުމަކީ، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު، ކަފާލާތުގެ ދަށުން ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން ކުރި އަމުރު ބާތިލު ކޮށް އޭނާ އަލުން ބަންދު ކުރުމަށް ހައިކޯޓުން އަމުރުކުރިފަހުން ތާވަލު ކުރި ފުރަތަމަ އަޑުއެހުމެވެ.
އޭނާގެ އަންހެން ކޮއްކޮ އާއި ދައްތަ ޖާމިނު ވާ ގޮތަށް ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް އޮކްޓޫބަރު މަހުގެ 20 ވަނ ދުވަހު ކުރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ހައިކޯޓުން އަމުރު ކުރީ ހުސްވި ނޮވެމްބަރު މަހުގެ 15 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު