ޕްލޭނިން ގަވާއިދު ހަދާފައި ނެތް ރަށްރަށުގައި އިމާރަތް ކުރެވޭނެ އެންމެ އުސްމިނަކީ 30 މީޓަރު ކަމަށް ކަނޑައަޅައި ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ގަވާއިދު ފާސްކޮށްފިއެވެ.
އެ މިނިސްޓްރީއިން މިއަދު ވަނީ ޕްލޭނިން ގަވާއިދެއް ނެތް ރަށްރަށާއި ފަޅުތަކުގައި އިމާރާތް ކުރަންވީ ގޮތުގެ ގަވާއިދަށް އިސްލާހެއް ގެނެއުމަށްފަހު ގެޒެޓުގައި ޝާއިއުކޮށްފައެވެ. އިސްލާހު ގެނެސްފައިވަނީ އެ ގަވާއިދުގެ ހަ ވަނަ މައްދާއަށެވެ. އެގޮތުން ހަ ވަނަ މާއްދާގެ ފަހަތަށް ވަނީ އަކުރެއް އިތުރުކޮށްފައެވެ.
އެ އަކުރުގައި ބުނެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލުން، އެ ރަށެއްގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިން، 30.48 މީޓަރަށް ވުރެ އުސްނުވާނެ ގޮތަށް ކަނޑައެޅިދާނެ ކަމަށެވެ. އަދި ރަށު ކައުންސިލަކުން އެފަދަ ނިންމުމެއް ނިންމައިފި ނަމަ، އެ ނިންމުމަކަށް އަމަލުކުރަން ފަށާނެ ތާރީހު އެނގޭ ގޮތަށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އެ ނިންމުމެއް މިނިސްޓްރީއަށް ލިޔުމުން ފޮނުވަން ޖެހޭނެ ކަމަށެވެ.
އެ ގާވާއިދަށް އަމަލުން ކުރަން ފަށާނީ މިއަދުގެ ފެށިގެން 30 ދުވަހުގެ ފަހުންނެވެ. ޕްލޭނިން ގަވާއިދެއް ނެތް ރަށްރަށާއި ފަޅުތަކުގައި އިމާރާތް ކުރަންވީ ގޮތުގެ ގަވާއިދު އެކުލަވާލާފައި ވަނީ 2019 ވަނަ އަހަރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު