ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ފުވައްމުލަކު ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ނައިބު ރައީސް ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅުގައި އެ ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެ ސިޓީގެ ބަނދަރު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.
ނައިބު ރައިސް ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ފުވައްމުލަކަށް ޒިޔާރަތްކުރައްވައިފައެވެ. އެގޮތުން އެ ދަތުރުފުޅުގައި ނައިބު ރައީސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން އެ ސިޓީގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވެސް ބައްލަވައިލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު