ބީއެމްއެލުން އެމެރިކަން އެކްސްޕްރެސް ކާޑަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ބީއެމްއެލުން ބުނީ، އެ ޕްރޮމޯޝަނަކީ އެ ބޭންކުން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަަމަރުން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އަދި އެ ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުގެ އިތުރުން މާޗަންޓަށްވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބުންޏެވެ.
އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ނެގޭ ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯއެއް ލިބޭނެ އެވެ. އަދި ކޮންމެ ހަފުތާއަކު ނެގޭ ގުރުއަތުން ހޮވޭ މަރޗަންޓް (ގުރުއަތުން ހޮވުނު ކަސްޓަމަރު ވިޔަފާރިކުރި ފަރާތް) އަށް 25،000 ރުފިޔާ ލިބޭނެއެވެ.
ބީއެމްއެލުން ބުނީ، އެ ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ކަސްޓަމަރާއި މާޗަންޓަށް 50،000 ރުފިޔާގެ ގިފްޓް ކާޑެއްވެސް ލިބިގެންދާނެ ކަމަށެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަންއާ ގުޅޭ އާންމު ޝަރުތުތައް ބޭންކުގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައި ހުންނާނެ ކަމަށް ބޭންކުން ބުނެއެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ އެކްސްކްލޫސިވް މެންބަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު